ކ. ކާށިދޫގައި އެހެލާފައި ހުރި ދޯނިތަކުގައި ރޯވި އަލިފާންގަޑު ނިވާލައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެެންޑީއެފުން ބުނީ، ހާދިސާގައި އެންމެ ފުރަތަމަ މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށާއި ނަމަވެސް އިތުރު ސަރަހައްދަކަށް ފެތުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ނަމަވެސް އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރު ކޮށް، އިތުރު ސަރަހައްދުތަކަށް ފެތުރުުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތު ރޭ މެންދަމު 01:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 (އަލިފާން ނިއްވާ ލޯންޗުގައި) ގައި 01:48 ހާއިރު ދަތުރު ފެށި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
"ފަތިހު 04:40 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފަ. އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފަ" އެމްއެންޑީއެފްއިން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވި ނަމަވެސް އެރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި އެއްކޮށް އަނދާ ހުލިވެފައި ވާކަމަށެވެ.
ކާށިދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް ކަމަށާއި އެއް ދޯނިގައި ހުޅު ހިފައި، ރޯވެ ޖެހިގެން އޮތް ދެވަނަ ދޯނީގައި ވެސް ހުޅު ހިފާފައިވާ ކަމަށެވެ.މިހާދިސާގައި ރޯވި އަލިފާންގަނޑު އިތުރު ދޯންޏަކަށް ވެސް ފެތުރި ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ކާށިދޫ ކައުންސިލުން ތުހުމަތުކުރެއެވެ.

🚨#Breaking: Kaashidhoo boatyard roave andhamun dhanee. #HappeningNow
— #MvCrisis (@MvCrisis) March 18, 2024
Ithuru mauloomaathu: https://t.co/rdkwkwXTrF pic.twitter.com/VUHJoQ6py5
ކާށިދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް ކަމަށާއި އެއް ދޯނިގައި ހުޅު ހިފައި، ރޯވެ ޖެހިގެން އޮތް ދެވަނަ ދޯނީގައި ވެސް ހުޅު ހިފާފައިވާ ކަމަށެވެ.މިހާދިސާގައި ރޯވި އަލިފާންގަނޑު އިތުރު ދޯންޏަކަށް ވެސް ފެތުރި ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.
މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ކާށިދޫ ކައުންސިލުން ތުހުމަތުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު