ރާއްޖޭގައި އުޅޭ ބަންގުލަދޭޝް މީހުންނަށް އެ މީހުންގެ ބަހުން ދަރުސް ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިސްލާމް ދީނަށް ހޭލުންތެރިކުރުވަން ބަންގްލަދޭޝް މީހުންނަށް ޕްރޮގްރާމްތަކާއި ދަރުސްތައް ދިނުން ކުރިއަށް ގެންދާނީ އެއް އަހަރަށް ކަމަށެވެ.

އެގޮތުން ބަންގްލަދޭޝް ބަހުން ދޭ ކޮންމެ ދަރުހަކަށް 500 ރުފިޔާ އަދި ބަންގްލަދޭޝް ބަހަށް ތަރުޖަމާ ކުރާ ކޮންމެ ދަރުހަކަށް 1000 ރުފިޔާ ދޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސުންނީ މުސްލިމަކަށް ވުމާއި އަދި އިސްލާމިކް މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ ރޮނގުން ފުރަތަަމަ ޑިގްރީ ހާސިލްކޮށްފައިވުން ހިމެނޭ ކަމަށެވެ.

އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25ގެ ކުރިން އެކަމަށް އެދި އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި 100،000 އަށް ވުރެ ގިނަ ބިދޭސީން ދިރިއުޅޭނެ ކަމަށް ބެލެވެ އެެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން