މާލޭ ސަރަޙައްދުގައި ބުޅާ ފެސިލިޓީ އެޅުމުގެ އަަމަލީ މަސައްކަތް ފަށައިފި އެވެ.
ފަރުކޮޅު ފުށީގައި ހަދާ އެ ފެސިލިޓީގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް އާއި އެގްރިކަލްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމް އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މިއީ ކައުންސިލާއި މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއާ އިން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިޕްރޮޖެކްޓް ނިމޭއިރު އެކި ވައްތަރުގެ ޕެޓަށް އަޅާލެވޭފަދަ ފެސިލީޓީއެއް ޤާއިމު ކުރެވިގެންދާނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.
ބުޅޭ ފެސިލިޓީ އެޅުމަށް ދޫކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިމެކެވެ. އަދި އެ ފެސިލިޓީގައި ކުރިއަށް އޮތް 20 ދުވަސް ތެރޭގައި ފެންސް ޖަހާ ނިމޭނެ ކަަމަށްވެސް ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.
ސިޓީ ކައުންސިލުން ބުނީ ބުޅާ ފެސިލިޓީ ހެދުމުން މާލޭގައި ދިރިއުޅޭ ބުޅާތައް އެތަނަށް ބަދަލުކުރާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ބުޅަލުގެ އަދަދު 3000 އަށް ވުރެ ގިނަވާނެ ކަމަށް ސިޓީ ކައުންސިލުން ލަފާކުރެއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދެ މަސް ދުވަހުގެ ތެރޭގައި އެތަން ނިންމަން ކަމަށެވެ.
މާލޭގައި ބުޅާ ފެސިލިޓީ ހަދަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވި އިރު އެވެ. އަދި އޭރު އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ކަނޑައަޅާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު