މާލޭ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ގެއްލުންދީފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ބަޔަކު ރޭގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސަލްޓަން ޕާކުގެ ބޯޑުތަކަށް ބަޔަކު ގެއްލުން ދީފައިވާއިރު އެ ޕާކުގައި ހުންނަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މިކަމާ ގުޅިގެން ފުލުހުންވެސް ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ.



ސިޓީ ކައުންސިލުން އާންމު ކޮށްފައިވާ ފޮޓޯތަކުގައި ކުޑަކުދިންނަށް އިރުޝާދު ދިނުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑަކާއި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ހަރުކޮށްފައިވާ ބޯޑެއް ވައްޓާލާފައިވާ މަންޒަރު ފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން