ރުވާމަގު ޕިިއްޒާ ބޯނާ ކަންމަތި ސާފުކުރުން ކުރިއަށް ދަނީ. ފޮޓޯ: މާލެ ސިޓީ ކައުންސިލް.
ރުވާމަގު ޕިިއްޒާ ބޯނާ ކަންމަތި ސާފުކުރުން ކުރިއަށް ދަނީ. ފޮޓޯ: މާލެ ސިޓީ ކައުންސިލް.
މާލޭ މަގުމަތީ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައިވާ ކުނި ނަގައި ސާފުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އެގޮތުން މާލޭ އުތުރުފަރާތު ބަނދަރު ސަރަހައްދާއި، ވިލިމާލޭ ބަގީ ޝެޑު ސަރަހައްދަށް އެއްކޮށްފައިވާ ކުނި ނަގައި ސާފުކުރުމުގެ އިތުރުން މާލެ ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދާއި، އިސްކަންދަރު ކޮށީ ދޮށުގައި އެއްކޮށްފައި ހުރި ކުނިތައް އިއްޔެ އަދި ރޭގައި ކުރި މަސައްކަތުން ނަގާ ސާފުކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

މިއަދު އެކައުންސިލުން ވަނީ ހަދީބީ މަގު ކަންމައްޗަށާއި، ފަނޑިޔާރުމަގު ފަތަހަ ކަންމަތި، މަޖީދީމަގު ރުވާމަގު ކަންމަތި، އަދި ރުވާމަގު ޕިިއްޒާ ބޯނާ ކަންމަތީ އެއްކޮށްފައި ހުރި ކުނި ތައް ނަގައި، ހީނާމާގެ ޕާކިންގ، އަދި ސަލާހުއްދީން ޕާކިންގ ކުނިކަހާ ސާފުކޮށް ނިންމާފައެވެ.



މި ރަމަޟާންމަހު މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލްގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ. ހަމަ އެހެންމެ ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން މިހާރުވަނީ ކުނި އުކާ މީހުން ހޯދުމަށް ފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފަ އެވެ.

މީގެއިތުރުން މާލޭ މަގުމަތީ ކުނި ބަހައްޓަމުންދާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ސިޓީ ކައުންސިލުގެ ނަންބަރ، 9341144 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ފޮނުއްވުމަށް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން