އާބާދީ މަދު ރަށަކަށް ވިޔަސް، އެމްޑީޕީ ސަރުކާރުގައި ރަތްމަންދޫއަކީވެސް ޚާއްސަ ރަށެއްކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ރަތްމަންދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އިކްރާމް ހަސަން އަށް ތާއީދު ހޯދުމަށް އެރަށަށް ވަޑައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދާއެކު ރަތްމަންދޫއަށް ވަޑައިގެންނެވި އެމްޑީޕީގެ ވަފުދަށް އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އާބާދީ މަދު ރަށަކަށް ވިޔަސް، އެމްޑީޕީ ސަރުކާރުގައި ރަތްމަންދޫއަކީވެސް ޚާއްސަ ރަށެއްކަމަށެވެ.

އަދި މާލެކައިރިއަށް އާބާދީ ތޮތްޖެއްސުމުގެ ސިޔާސަތެއް މިއަދުގެ ސަރުކާރުން ގެންގުޅޭއިރު، އެމިސްރާބު ބަދަލުކޮށް، ކުދި ރަށްރަށް ބާކީކުރިޔަ ނުދިނުމުގެ މުހިންމުކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.



ޝާހިދު މިހެން ވިދާޅުވެފައިވާއިރު، ކުދި ރަށްތަކަށް ވުރެ އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރުމަށް އިސްކަންދޭކަމަށް އިޝާރާތްކުރައްވާ، ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރެވެމުން ކުދި ރަށްތަކުގެ މީހުން އަމިއްލަ އިހުތިޔާރުގައި އެ ސަރަހައްދުތަކަށް ހިޖުރަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށް ވިދާޅުވެ، 100 މީހުން އުޅޭ ރަށާއި އަދި 3000 މީހުން އުޅޭ ރަށް ރަށާ ވެސް އެމަނިކުފާނަށް ހަމަހަމަ ކަމަށްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން