ކުއްޖަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ މައްސަލަ އެމްޑީޕީއިން ފުލުހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގއ. ކޮލަމާފުށި ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ އަމަލުތަކާ ގުޅިގެން އެ ޕާޓީއިން ނެރުނު ނޫސްބަޔާނުގައި ބުނީ، ކޮލަމާފުށި ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް އިއްޔެ އެ ދާއިރާގެ މާމެންދޫއަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ރަށުގައި ހުރި އެމްޑީޕީގެ ކެންޑިޑޭޓްގެ ބެނަރ ތަކާއި ޕޯސްޓަރުތަކުގައި ފިޔާތޮށި ކުލައިގެ ފޮތި އަޅައި، އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އަދި އެކަން އެގޮތަށް ހިނގާފައި ވަނިކޮށް، ސަރުކާރު ހިންގާ ޕާޓީގެ ފަރާތްތަކުން ހިންގާފައިވާ އަމަލުތައް ކުށްވެރިކޮށް އެމްޑީޕީގެ ސަޕޯޓަރުންގެ ފަރާތުން އަޑުއުފުލާ ހިޔާލު ފާޅުކުރުމަށްވެސް ސަރުކާރު ހިންގާ ޕާޓީގެ އިސްވެރިންގެ ފަރާތުން ހުރަސްއަޅާފައިވާ ކަމަށް އެމްޑީޕީއިން ބުނެއެވެ.
"އެގޮތުން، ޕީއެންސީގެ ކެންޑިޑޭޓާއެކު މާމެންދޫއަށް ގޮސް އުޅޭ ޓީމުގައި ހަރަކާތްތެރިވަމުންދާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވަނީ، ޕީއެންސީގެ މި އަމަލުތައް ކުށްވެރިކުރުމުގައި އުޅުނު ކުއްޖަކަށް ހަމަލާދީފައެވެ. ދައުލަތުގެ އިންތިޚާބީ މަގާމެއްގައި ހުރެ، އަދި ސަރުކާރު ތަމްސީލުކުރާ ޕާޓީގެ އިސް ފަރާތެއްގެ ގޮތުގައި ހުރެ ޑެޕިއުޓީ މޭޔަރގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ދިވެހި ރައްޔިތަކު ބަލައިގަންނާނެ ކަމެއް ނޫން." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެމްޑީޕީއިން ބުނީ، ނަރީޝްގެ އަމަލުތައް ލޮލަށް ފެނުނު ހެކިންގެ މައުލޫމާތާއެކު، މައްސަލަ ބަލައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހަޅާފައި ވާނެ ކަމަށެވެ.
އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް، އަދި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ހިންގާފައިވާ މި އަމަލުތައް ވީހާވެސް އަވަހަކަށް ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް އެމްޑީޕީއިން ވަނީ ގޮވާލާފައެވެ.
"ޤާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން އަދި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން، އެކަކު އަނެކެއްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގުގަނެ، ސުލްހަވެރި ކެޕްމެއިން އެއް ކުރިއަށް ގެންދެވޭނެ މާހައުލު ފަހިކޮށްދިނުމަށާއި، ވަކިން ޚާއްސަކޮށް، ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލުކުރާ ފަރާތްތަކުގެ ކިބައިން މިފަދަ އަމަލުތައް ކުރިއަށް އޮތް ތަނުގައިވެސް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށް ކުރާންޖެހޭ އެންމެހައި ކަންކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ގޮވާލަން." އެމްޑީޕީއިން ބުންޏެވެ.
ކެމްޕޭނަށް ނަރީޝް މާމެންދުއަށް ވަޑައިގެން އުޅުއްވަނިކޮށް އޭނާއަށް ހަމަލާ ދީފައިވާ މައްސަލައެއް ބަލަމުން ދާކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.
ފުލުހުން ރޭ ބުނީ، ކެމްޕޭނަށް ނަރީޝް އެ ރަށަށް ވަޑައިގެންނެވުމުން އޭނާއަށް ހަމަލާ ދީފައިވާކަމުގެ ރިޕޯޓް ހަވީރު 5:00 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ނަރީޝްއަށް ހަމަލާދިން މީހާ ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު