ފާތިމަތު ނަޒީފާ އަޙްމަދު   24 މާރިޗު 2024 - 10:22
ހދ. ވައިކަރަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށަށް ގެންދިޔަ 250 ކިލޮވޮޓްގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ.

700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރ ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައިވާތާ މިހާރު ވަނީ ހަފްތާއެއް ފާއިތުވެފައެވެ.

އެގޮތުން އެރަށަށް ކަރަންޓް ދެމުން އައި ޖަނަރޭޓަރުން މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް އުފައްދައިނުދޭތީ ޚިދުމަތް ދެމުން ގެންދިޔައީ ރަށް ހަބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް ގަޑިއިރަކަށެވެ. ނަމަވެސް މިހާރު ވަނީ މިމައްސަލަ ހައްލުކޮށް ރަށުގެ ކަރަންޓުގެ ހާލަތު އާންމު ހާލަތަށް ގެނަސް ޚިދުމަތް މެދުނުކަނޑާ 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދޭންފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން