މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުއާއި ޕީސީބީ ބޯޑު، މާދަމާ ރައްޔިތުންގެ މަޖިލީހުގެ އެސްއޯސީ ކޮމިޓީއަށް ހާޒިރުވާން ސިޓީ ފޮނުވާފައި ވާކަމަށް މިފްކޯއިން ބުނެފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ޝަމާހު ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ.

މިފްކޯގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ، މާދަމާ މެންދުރު މަޖިލިސް އިދާރާއަށް ހާޒިރު ވުމަށް މަޖިލީހުގެ ފަރާތުން ޝަމާހަށް އަންގާފައިވާ ކަމަށެވެ. އަދި ސީއީއޯ އާއެކު މަޖިލިސް އިދާރާއަށް ދެ ބޭފުޅަކު ހާޒިރު ވުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އޮފް ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް އެކްޓިންގް ބިއުރޯ ހެޑް މުއާޒް އަލީއާއި ރިޕްރެޒެންޓިންގް ސީއީއޯ ބިއުރޯ ސެކްރެޓޭރިއަންޓް ޑެޕިއުޓީ މެނޭޖަރ ސީއާރްއެސް، ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ އިބްރާހިމް ސައީދުއެވެ.

ޝަމާހު ސަސްޕެންޑް ކުރަމުން ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

ޕީސީބީން ސަމާހަށް މިދިޔަ މަހުގެ 29 ގައި ފޮނުވި ސިޓީގައި ވެސް ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން