ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަމުގައި އުޅުނު ދިވެހި ދޯނިތަކަކަށް އިންޑިއާގެ ސިފައިންތަކެއް އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފު، ޣައްސާނާއި ކުރުމަށް ހުށަހަޅުއްވާފައިވާ ސުވާލަކީ، ރާއްޖޭގެ މަސްދޯނިތަކަށް އިންޑިއާ ސިފައިން އަރާފައިވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައިކަން ނުވަތަ ރާއްޖެ ސަރަހައްދުން ބޭރުގައިކަން ކަށަވަރުކުރެވިފައިވޭތޯއެވެ.
އަދި އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލު މަޖިލީހަށް ހިއްސާކުރެއްވުމަށާއި، އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފައިވެއެވެ.
މާދަމާ ހެނދުނު 10:30 އަށް އެޖެންޑާ ކޮށްފައިވާ އެ ޖަލްސާގައި އިތުރު ބައެއްކަންކަން ވެސް އެޖެންޑާގައި ހިމަނާފައިވެއެވެ.
މި މައްސަލާގައި ޣައްސާން ވަނީ 241 ކޮމެޓީއަށް ވެސް ހާޒިރު ކޮށްފައެވެ. މި މައްސަލާގައި އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނެފައިވަނީ، ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކަކުން ކަމަށެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެކި ފަރާތްތަކުންވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު