މިސްރުން ޣައްޒާއަށް ވަމުންދާ އެހީއަށް އދ ގެ ސެކްރެޓެރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް ތައުރީފް ކުރައްވައިފިއެވެ. މިސްރުން ޣައްޒާއަށް ވަމުންދާ އެހީ ފާހަގަކޮށް އދ ގެ ސެކްރެޓެރީ ޖެނެރަލް މިސްރަށް ތައުރީފުކޮށްފައިވަނީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ އާއި ބައްދަލު ކުރައްވައެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުންވަނީ ބައިނަލަޤްވާމީ އަދި ސަރަޙައްދީ މައްސަލަތަކާއި، ޣައްޒާގައި މިހާރު ހިންގަމުންދާ ހަނގުރާމަ އާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގެ ތެރެއިން މިސްރުން ޣައްޒާއަށް ވަމުންދާ އެހީ އާއި ރަފާހް ބޯޑަރު ހުޅުވާފައި ބެހެއްޓުމަށް މިސްރުން ކުރާ މަސައްކަތް ފާހަގަކުރައްވައި ގުޓިއަރޭޒް މިސްރުގެ ރައީސަށް ޝުކުރު އަދާކުރިއެވެ.

މިބައްދަލުވުމަށްފަހު, މިސްރުގެ ހާރިޖީ މިނިސްޓަރ ސަމެހް ޝުކްރީ އާއި އެއްކޮށް ބައިވެރިވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ އިސްރާއީލުން ޣައްޒާގައި ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާއި ހިލާފު އަމަލު ތަކެއް ކަމަށެވެ. އަދި އެހީގެ މަސައްކަތްތަކަށް އިސްރާއީލުން އަޅަމުންދާ ހުރަސްތައް ނައްތާލަން ޖެހޭ ކަމަށްވެސް ގުޓަރޭޒް ފާހަގަަަަަ ކުރެއްވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާ ތަކުގައި މިހާތަނަށް ފަލަސްތީނުގެ 31000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ހަމަލާ ތަކުގެ އިތުރުން، އިސްރާއީލުން ދަނީ ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށްވެސް ހުރަސް އަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން