އިއްޔެވެސް ގިނަ އަދަދެއްގެ ކުނި މާލޭގެ މަގުތަކުން ނަގައިފި އެވެ.
މި ރަމަޟާންމަހު މާލޭގެ މަގުތަކަށް ކުނި އަޅާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އިއްޔެވެސް 1.5 ޓަނުގެ ހަތަރު ޕިކަޕާއި، 350 ކިލޯގެ 14 ޕިކަޕުގެ އިތުުރުން ދެ ޓަނުގެ ފަސް ޕިކަޕު އަދި ތިން ޓަނުގެ ހަތަރު ޕިކަޕުގެ ކުނި މާލޭގެ އެކި ސަރަހައްދުތަކުން ނެގި ކަމަށެވެ. އެއީ ޖުމްލަ 34.6 ޓަނުގެ ކުންޏެވެ.
މަގު މަތީގައި ކުނި ބަހައްޓައިގެން އިއްޔެ ނުވަ މީހަކު ވަނީ ޖޫރިމަނާވެސްކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުނި އެޅުން ހުއްޓުވަން ސިޓީ ކައުންސިލުގެ ވެށިފާރަވެރިން ވެސް މަގުތަކަަށް ނެރެމުންދާ ކަމަށެވެ. ހަމަ އެހެންމެ ކުނި އަޅާ މީހުން ހޯދަން ސީސީޓީވީ ފޫޓޭޖްތައް ބަލައި ފުލުހުން މެދުވެރިކޮށް އެ މީހުން ހޯދަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ގޭތެރޭގައި ގެންގުޅޭ ސޯފާއާއި، ފާހަނާތައްޓާއި ބޮޑެތި ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ކޮންސްޓްރަކްޝަން ކުނިތައްވެސް ވަރަށް ގިނައިން މަގުމަތިން ނަގަމުންދާ ކަމަށެވެ.
ސިޓީ ކައުންސިލުން މިހާރުވަނީ މަގުތަކަށް ކުނި އަޅާމީހުން ހޯދުމަށްފަހު އެމީހުން ލައްވާ ކުނިތައް އުކާލުމުގެ މަސައްކަތް ފަށައިފަ އެވެ.
މާލޭގެ މަގުތަކުން މި ފަހުން ނެގި ކުނީގެ އަދަދު މިހާރު ވަނީ 500 ޓަނަށް ވުރެ މައްޗަށް އަރައިފައެވެ.
އެހެންކަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ މާލޭ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު