ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް
ސިއްޙީ ދާއިރާގައި ހުއްޓިފައިވާ މަޝްރޫއުތަކުގެ އަގު 2 ބިލިއަނަށް އަރާކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. ޚަލީލް ވިދާޅުވީ ޑރ. މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެގޮތުން ހުއްޓިފައިވާ މަޝްރޫޢުތަކުގެ އަގު 2 ބިލިއަނަށްވުރެ މައްޗަށް އަރާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިއަދު ވިދާޅުވީ ބައެއް ކޮންޓްރެކްޓަރުންނާ ވާހަކަދެކެވި ބައެއް މަޝްރޫއުތައް އަލުން ފަށާފައިވާ ކަމަށާއި ނަމަވެސް ދައުލަތުގެ ބަޖެޓުގައި މަޝްރޫއުތައް ހިންގުމަށް ޖަހާފައިވާ އަދަދު ނިސްބަތުން މާބޮޑަށްވެސް ކުޑަކަމަށެވެ.

“މި އަހަރުގެ ބަޖެޓުގެ ތެރެއިން ހެލްތު މިނިސްޓްރީން ހިންގާ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 380 މިލިއަން ރުފިޔާ.” ވަޒީރު މިއަދު ވިދާޅުވިއެވެ.

ޑރ. ޚަލީލް ވިދާޅުވީ ބަޖެޓުގައި ކަނޑައަޅާފައިވާ ޢަދަދަށްވުރެ ޙަވާލު ކޮށްފައިވާ މަސައްކަތްތަކުގެ އަގު މާ ބޮޑު ކަމަށާއި އެހެންކަމުން މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދައްކަން ދަތިވެފައިވާ ކަމަށެވެ.

މަޝްރޫއުތައް ހުއްޓެން ދިމާވި މައިގަނޑު ސަބަބަކީ ބޭރުގެ ފަންޑިންތަކުން މަޝްރޫއުތަކަށް ފަންޑުކުރާ ގޮތަށް އޮތް ނަމަވެސް، ފަންޑު ހަމަނުޖެހުން ކަމަށާއި އެހެންކަމުން އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް ޑރ. ޚަލީލް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން