ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތައް މި ސަރަޙައްދުގެ އެހެން ޤައުމުތަކާ ބަލާއިރު 70 ގުނަ ބޮޑު ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގައި އާސަންދައަށް ކުރާ ހޭދަ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ޖީޑީޕީގެ ނިސްބަތުން ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީވެފައިވާ ގައުމުތަކާ ދާދި އެއް މިންވަރެއްގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢާއިޝަތު ޝިހާމް މިއަދު ވިދާޅުވީ މިއީ މި ސަރަހައްދުގެ ގައުމުތަކާ އަޅައިބަލާއިރު ވެސް ސިއްހީ ހޭދަ ގާތްގަނޑަކަށް ދެގުނަ ބޮޑު މިންވަރެއް ކަމަށެވެ.

"ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައިބަލާއިރު 70 ގުނަ އަދަދުތަކެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ ދިވެހީންގެ ބޭސްފަރުވާއަށް އާސަންދައިން މިހާ ބޮޑު ހޭދައެއް ކުރެވޭއިރު ވެސް ފުރާނައަށް ނުރައްކާވާ ބަލިމަޑުކަމުގައިވާ މީހާއާއި އާއިލާ މީސްމީޑިއާގައި ބޭސްފަރުވާ ހޯދުމަށް ސަލާންޖަހާކަން މިހާރު ވެސް ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހޭދަ އަހަރަކަށްވުރެ އަހަރެއް ބޮޑުވަމުން އަންނައިރު މިދިޔަ ފަސް އަހަރު އެކަނި އެ އަދަދުތައް 60 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން