ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު (މ)
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު (މ)
އައްޑުއަށް ބޭނުންވާ 1.6 މެގަވޮޓުގެ ޖަނަރޭޓަރު ގަތުމަށް މިހާރު ޙަވާލުކޮށްފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މުއާޒް މިއަދު ވިދާޅުވީ އައްޑޫ ސިޓީން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭ މައްސަލަ ހައްލު ކުރެވެން އޮތީ 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ގަނެގެން ކަމަށާއި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދިނުމަށް މިހާރު ވެސް 17 ޖަނަރޭޓަރު ވަނީ ބަހައްޓާފައެވެ. ނަމަވެސް ރަށްރަށުގެ ހުރިހާ ގެތަކަށް ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭތީ މި ރޯދަމަހުގެ ކޮންމެ ދުވަހަކު ވެސް ދަނީ އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންނެވެ.

އެކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީން ރަމަޟާންމަހު ގަޑިއަކުން ގަޑިއަކުން ކަރަންޓް ކަޑަން ޖެހުމަކީ ވަރަށް ބޮޑު ތަކުލީފެއް ރައްޔިތުން އުފުލަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.

އެކަމަށް އިޝާރާތް ކުރަށްވާ ފެނަކައިގެ އެމްޑީ މުއާޒް ވިދާޅުވީ އައްޑުއަށް ބޭނުންވާ 1.6 މެގަވޮޓުގެ ޖަނަރޭޓަރު ގަތުމަށް މިހާރު ބަޔަކާ ޙަވާލުކޮށްފައިވާ ކަމަށާއި އެ ޖަނަރޭޓަރު ވަރަށް އަވަހަށް ލިބޭނެ ކަމަށެވެ.

އަދި އެ ޖަނަރޭޓަރ ލިބުމުން އައްޑޫ ކަރަންޓުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ޖަނަރޭޓަރ ސެޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ތާވަލު ކޮށްގެން އައްޑޫ ސިޓީއިން ކަރަންޓް ކަނޑާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

ފެނަކައިން ބުނީ، އައްޑޫގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ ޖަނަރޭޓަރ ސެޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، ތާވަލު ކޮށްގެން ލޯޑު މަތިވާ ގަޑިތަކުގައި ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން