ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 900 ބިދޭސީން މިސަރުކާރުން ފުރުވާލާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ.

ޝައްމާން މިއަދު ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފައި ކަމަށެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޤައުމަށް ފޮނުވާލުމުގެ ޕްރޮގްރާމްގެ ދަށުން މި ސަރުކާރުން މިހާތަނަށް 900 ބިދޭސީން ފުރުވާލާފައިވާ ކަމަށް ޝައްމާން ވިދާޅުވިއެވެ. އަދި ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގައި ރަނގަޅު ކުރިއެރުމެއް ހޯދިފައިވާކަމަށް ޝައްމާން ވިދާޅުވިއެވެ.

ޝައްމާން މިއަދު ވިދާޅުވީ، ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގައިވެސް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ކަމަށެވެ. އެގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކި ހަތް ބިދޭސީން މި މަހުގެ 15 ވަނަ ދުވަހު ވަނީ އިމިގްރޭޝަންގެ ރިސްކު އިންޓެލިޖެންސް އެންޑް ލީގަލް އެފެއާޒް އަދި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަން ގުޅިގެން ހައްޔަރުކޮށްފައެވެ.

ޝައްމާން މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ހޯމް ލޭންޑު ސެކިއުރެޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަ ހައްލުނުކޮށް ތިބެން، ދެން އިތުރަށް ދެއްކޭނެ ބަހަނާއެއް ނެތްކަމަށެވެ.

އެގޮތުން ބިދޭސީން މިހާރު ދަނީ ކުށުގެ ވެށީގައި އިންތިޒާމުވެގެން ޙަރަކާތްތެރިވަމުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން