އޭސީސީގެ މެންބަރުން
އޭސީސީގެ މެންބަރުން
މަޖިލިސް އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ބަލަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން ބުނެފައިވަނީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން ލިބިފައިވާ މައްސަލަތަކުގެ ތެރެއިން 8 މައްސަލައެއް ރަޖިސްޓްރީކޮށް، ތަހުގީގު ފަށާފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީސް އިންތިޚާބާ ގުޅުންހުރި 10 މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައެވެ.

މަޖިލީސް އިންތިހާބާ ގުޅޭގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ކެމްޕޭނު ކުރުމުގައި ރިޝްވަތު ހުށަހެޅުމާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނެއެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް މަޖިލިސް އިންތިހާބަށް ހާއްސަ ކުރެވިފައިވާ އޭސީސީގެ އިންތިހާބާ ގުޅޭ ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް އޭސީސީން ވަނީ އިލްތިމާސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން