ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް މިއަދު ފަށައިފިއެވެ.

މި މަސައްކަތް 3 އަހަރުގެ މުއްދަތަށް ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީ އަށް ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އެގޮތުން ޗައިނާގެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ ބްރިޖްގެ މަރާމާތާއި ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކެވެ.

ސިނަމާލެ ބްރިޖް މެއިންޓަނަންސްގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާއިރު އެއްބަސްވުމުގެ ދަށުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި މިހާރު ކުރަން ޖެހޭ މަރާމާތުތައް ދެނެގަނެ ހައްލުކުރުމާއި ޕްރިވެންޓިން މެއިންޓެނަންސް މަސައްކަތްތަކާއި ބްރިޖް މެއިންޓެނަންސް މަސައްކަތްތަކުގެ ރެކޯޑް ބަލަަހައްޓާނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ.

މީގެއިތުރުން ބްރިޖް މެއިންޓެނަންސް މައްސަލަތައް ދެނެގަތުމާ ގުޅޭ އެސެސްމެންޓްތައް ހެދުންވެސް މި އެއްބަސްވުމުގައި ހިމެނެ އެވެ.

ހަމައެއާއެކު އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން މެއިންޓެނެންސްގެ މަސައްކަތަށް ދިވެހީން ތަމްރީންކުރަން ހަމަޖެހިފައިވާ ކަމަށްވެސް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.



ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވާއިރު، މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން