އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ (މ)
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ (މ)
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.

އީސީގެ މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައެޅުއްވީ އެކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން