ކުރިއަށް އޮތް ފިތުރު އީދުގައި ރަށްރަށް ތަފާތު ގޮތަކަށް ޒީނަތްތެރިކުރަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މި އަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއް އީދަށް ޒީނަތްތެރިކުރެވޭނެ ކަމަށެވެ.
އެއާއެކު އިސްލާމީ ވަންތަކަށް ދައްކައިދޭ ލައިޓްތަކާއި ތަކުބީރުތަކުގެ އަޑު އެ ރަށްތަކަށް ދިރުން ލިބިގެންދާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"ލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ" އޭނާ ވިދާޅުވި އެވެ.
ލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ފޮޓޯތަކެއް ވެސް މިނިސްޓަރ ވަނީ ހިއްސާ ކުރައްވައިފަ އެވެ.
ކޮންމެ އީދަކަށް ވެސް ރަށްރަށް އޮންނަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އީދާ ދިމާކޮށް މާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު އަތޮޅުތެރެއަށް ޒިޔާރަތްކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު