ރައީސް ޞާލިޙްގެ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަަތަކުގައި ހައުސިން މިނިސްޓަރަށް ލަފާދޭން އެކުލަވާލައިފައިވާ މިނިވަން ކޮމިޓީއަށް އިތުރު ތިން ބޭފުޅަކު އައްޔަނު ކޮށްފިއެވެ.

ހައުސިން މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މިނިވަން ކޮމިޓީއެއް އެކުލަވާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

އޭރު އެކޮމިޓީގެ ވެރިއެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަނީސާ އަހުމަދެވެ. ނަމަވެސް ފަހުން ސިއްހީ ހާލަތު ތަންނުދޭތީ އަނީީސާ ވަނީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ.

އެހެންކަމުން އެކޮމިޓީއަށް މިހާރު ވަނީ އިތުރު ތިން ބޭފުޅަކު އައްޔަނު ކުރައްވައިފަ އެވެ. އެއީ މައުރޫފް ޖަމީލާއި، ފާތިމަތު ސައީދު އަދި އައިމިނަތު ޝާއިރާ އެވެ.

ކޮމިޓީގެ އާ ޗެއާއެއްގެ ގޮތުގައި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް މިހާރު ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ. އެހެންކަމުން މިހާރު އެކޮމިޓީގައި ހަތް ބޭފުޅުން ތިއްބަވާނެ އެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން އިއުލާންކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ ތެރެއިން 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް އޭސީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން