ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަނު ކުރެއްވި ގ. ސާޓަނުގެ، މޭޖަރ (ރޓޑ) ޠަލްޙަތު ޙަސަން މަޤާމާ ހަވާލުވެވަޑައިގެންފިއެވެ.

ޠަލްހަތު އެމަގާމަށް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އޭނާ އެމަގާމަށް އައްޔަނު ކުރަން ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސްގެ ސާޖެންޓް އެޓް އާމްސްގެ މަޤާމް ހުސްވީ، އެ މަޤާމްގައި ކުރިން ހުންނެވި މުހައްމަދު ހަލީމް، 24 އޯގަސްޓް 2022 ގައި މަޤާމުން ވަކިކުރުމުންނެވެ. އޭނާ އެ މަޤާމަށް ހަމަޖައްސާފައި ވަނީ އޮކްޓޫބަރު 31، 2013 ގައެވެ.

މުހައްމަދު ހަލީމް މަޤާމުން ވަކިކުރީ ދޮޅު އަހަރެއްހާ ދުވަހު ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުއެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ ޖެނުއަރީ 27 2021 ގައެވެ.

2013 ވަނަ އަހަރު އުފެއްދި މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްގެ މަޤާމަކީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމާ ޖެހިގެން ދެ ވަނައަށް އެންމެ އިސް މަގާމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން