އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ (ކ)
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ (ކ)
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް، ހަސަން ޒަކަރިއްޔާ، އެ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޙަސަން ޒަކަރިއްޔާ އީސީގެ މެންބަރުކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދު ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

އީސީގެ މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށައެޅުއްވީ އެކޮމިޝަންގެ ނައިބުރައީސް އިސްމާޢީލް ޙަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021ގައެވެ.

އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރުގެ އިތުރުން މުހައްމަދު އާސިފެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން