ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިހުލާސްތެރިކަމެއް ނެތް ބޯވަތައް ގިނަވުން ކަމަށް ވިދާޅުވެ އިކޮންމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ކުރީގެ ރައީސް ޔާމީނަށް ނުސީދާ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ސައީދު މިހެން ވިދާޅުވީ ދިވެހި ރުފިޔާއާ އަޅާބަލާއިރު ޑޮޮލަރުގެ އަގު ދަށްވެފައި ވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ނޫން ކަމަށާއި އެކަން އެގޮތަށްވީ މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ޑޮލަރަށް އޮތް ޑިމާންޑް ކުޑަވެފައި އޮތުމުން ކަމަށް ކުރީގެ ރައީސް ޔާމިން ވިދާޅުވުމާއި ގުޅިގެންނެެވެ.
އެކަމަށް އިޝާރަތް ކުރަށްވައި އިކޮންމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދަށައް ދާނެ ކަމަށެވެ. އަދި ޑޮލަރުގެ އަގު ދަށައް ދަނީ ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތައް ވަރަށް ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމުގެ މާލީހާލަތު އޮތީ މީގެކުރީން ވެރިކަމެއްބަދަލުވެ އައުސަރުކާރަކާއި ޤައުމު ހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ޙާލަތުގައި ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެރިކަން ކުރުމަށްފަހު ވަކިވެވަޑަައިގަންނަވާ ބޭފުޅުންނަށް އެހެން ބޭފުޅަކު ވެރިކަން ކުރާތަން ބައްލަވަން ހަޖަމު ނުވާތީ ކަމަށެވެ.
"ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއްމައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަންކުރާ މަންޒަރު ޙަޖަމްނުވުން، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ އިހުލާސްތެރިކަމެއް ނެތް ތިޔަކަހަލަ ބޯވަތައް ގިނަވުން." ސައީދު ވިދާޅުވިއެެވެ.

2/2.ޤައުމުގެ މާލީހާލަތު އޮތީ މީގެކުރީން ވެރިކަމެއްބަދަލުވެ އައުސަރުކާރަކާއި ޤައުމުހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ޙާލަތުގައި. މިއީޚަޤީޤަތް!!ރާއްޖެއަށްދިމާވެފައިވާ އެއްމެބޮޑު އެއްމައަސަލައަކީ ވެރިކަންކޮށް ފައިބާފަރާތްތަކަށް އެހެންވެރިއަކު ވެރިކަންކުރާމަންޒަރު ޙަޖަމްނުވުން
— Mohamed Saeed (@em_saeed) April 1, 2024
ސައީދު ވިދާޅުވީ ހުއްޓިފައިވާ މަޝްރޫއުތައް ވަރަށް ބާރު މިނުގައި ކުރިއަށްދާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ޤައުމުގެ މާލީހާލަތު އޮތީ މީގެކުރީން ވެރިކަމެއްބަދަލުވެ އައުސަރުކާރަކާއި ޤައުމު ހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ޙާލަތުގައި ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެރިކަން ކުރުމަށްފަހު ވަކިވެވަޑަައިގަންނަވާ ބޭފުޅުންނަށް އެހެން ބޭފުޅަކު ވެރިކަން ކުރާތަން ބައްލަވަން ހަޖަމު ނުވާތީ ކަމަށެވެ.
"ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއްމައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަންކުރާ މަންޒަރު ޙަޖަމްނުވުން، ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ އިހުލާސްތެރިކަމެއް ނެތް ތިޔަކަހަލަ ބޯވަތައް ގިނަވުން." ސައީދު ވިދާޅުވިއެެވެ.
ކިޔުންތެރިންގެ ހިޔާލު