ޖުމްހޫރީ މައިދާނުގައި ހުންނަ ފެން އަރުވާވަޑާން މަރާމާތުކޮށް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

ސިޓީތަކާއި ލޯކަލް ގަވާމަންޓް އަދި ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާވަޑާން ހަލާކުވެ ވީރާނާ ވަމުންދާތީ ރައީސް ޑރ. ،މުހައްމަދު މުއިއްޒުގެ ހާއްސަ އެދިލެއްވުމަކަށް އެތަން މަރާމާތުކޮށް ކުޑަ އީދަށް އަލުން ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބިނާކުރި އެ ފެންއަރުވާ ވަޑާމަކީ އެކި ކުލަކުލައިން ދިއްލޭ ގޮތަށް ހެދި ތަނެކެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ނިމިގެން ދިޔަ ސަރުކާރުގައި އެތަން ނުބެލެހެއްޓި ވީރާނާވާން ވަނީ ދޫކޮށްލައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންވެސް ސަރުކާރަށް އޮތީ އަމާޒުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން