އަހުޒަމް އަޙްމަދު   3 އޭޕްރީލު 2024 - 13:32
އިއްޔެވެސް މާލޭގެ މަގުމަތިން ގިނަ އަދަދެއްގެ ކުނި ނަގައިފި އެވެ.

މި ރަމަޟާންމަހު މާލޭގެ މަގުތަކަށް ކުނިއެޅުން އިތުރުވެފައިވާއިރު އިއްޔެ މާލޭގެ މަގުމަތިން 350 ކިލޯގެ 12 ޕިކަޕާއި 1.5 ޓަނުގެ ހަތް ޕިކަޕުގެ ކުނި ވަނީ ނަގާފައެވެ. އެއީ ޖުމްލަ 14.7 ޓަނުގެ ކުންޏެވެ.

ނަމަވެސް މިއީ މި ރޯދަ މަހު އާންމުކޮށް މާލޭގެ މަގުމަތިން ނަގަމުންދާ ކުނީގެ އަދަދަށް ވުރެ ނިސްބަތުން މަދު އަދަދެއްގެ ކުންޏެވެ. އާންމުކޮށް ކޮންމެ ދުވަހަކު މަގުމަތިން ނަގާ ކުނީގެ އަދަދު އުޅެނީ އުޅެނީ 30 ޓަނުން މަތީގަ އެވެ.

އިއްޔެ ގިނަ ޢަދަދެއްގެ ކުނި ޖަމާކޮށްފައިހުރި ބައެއް ސަރަހައްދުތަކުގެ ތެރޭގައި ޗަނބޭލީ މަގާއި ހެންވޭރު ސަހަރާ ކައިރި އަދި ރާދަފަތި ހިނގުން ހިމެނެއެވެ.

ސިޓީ ކައުންސިލުން ބުނީ މި ރޯދަ މަސް ފެށުނު ފަހުން މާލޭ މަގުމަތިން ނެގި ކުނީގެ އަދަދު މިހާރު ވަނީ 800 ޓަނަށް ވުރެ މައްޗަށް އަރާފައި ކަމަށެވެ.

މަގުމައްޗަށް ކުނި އަޅާތީ ސީސީޓީ ކެމެރާތަކުން ބަލައި ކުނި އަޅާ މީހުން ހޯދައި ޖޫރިމަނާ ކުރުމުގެ މަސައްކަތްވެސް މާލޭ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން