20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޑިމޮކްރެޓްސްގެ ޓިކެޓްގައި ގުރައިދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު ފަހަތަށްޖެހި ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައިފިއެވެ.

ގުރައިދޫ ދާއިރާއަށް ޑިމޮކްރެޓްސްގެ ޓިކެޓްގައި ވާދަކުރަން ނިންމާފައިވާ ލީލާ އިބްރާހީމް މަނިކު އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ހަނާން މުހައްމަދު ރަޝީދަށް ތާއީދުކުރަން ނިންމިކަން މިއަދު ހާމަކޮށްފައިވާއިރު، މިއީ މި އިންތިހާބުގައި ވާދަކުރަން ނިންމި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަކު ފަހަތަށްޖެހި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމި ދެވަނަ ފަހަރެވެ.

ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވެސް ވަނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފައެވެ. ތިމަރަފުށީ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކުރި ސަނާހް ހުއްޓާ ސަރުކާރުންވަނީ ސަރުކާރުގެ ކެންޑިޑޭޓަކީ އަހްމަދު ރިޔާޒުކަމަށް ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ގުރައިދޫ ދާއިރާއަކީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓެއް ވެސް ނެރެފައިނުވާ ދާއިރާއެކެވެ. އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓްގެ އިތުރުން ދެން ވާދަކުރާނީ އަމިއްލަ ކެންޑިޑޭޓެއް އެކަންޏެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން