ހެލްތް މިނިސްޓްރީގެ ކޮންފަރެންސް ހޯލް
ހެލްތް މިނިސްޓްރީގެ ކޮންފަރެންސް ހޯލް
ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އެމިނިސްޓްރީގައި ބޭނުންކުރައްވާ ކޮޓަރި ކަމަށްބުނެ ދައުރުކުރާ ފޮޓޯތަކުން ފެންނަނީ އެކޮޓަރި ނޫންކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކާ ޙަވާލާދީ ރާއްޖޭގެ އޮންލައިން މީޑިއާތަކުން ބުނެފައިވަނީ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީނުގެ ކޮޓަރީގެ ކުރެހުންތަކެއް ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކަކީ އެމިނިސްޓްރީގެ ކޮންފަރެންސް ރޫމްކަމަށެވެ. އެ ކޮންފަރެންސް ރޫމްގައި މިނިސްޓްރީގެ އިވެންޓްތައް ބޭއްވުމުގެ އިތުރުން އެހެނިހެން ފަރާތްތަކުގެ އިވެންޓްތައް ބޭއްވުމަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާޢީލް ޒަރިޔަންދު ވިދާޅުވީ، ކޯވިޑް-19ގެ ބިރުވެރިކަން ފެތުރި، އިޤްތިޞާދީ ދަތިކަން ބޯމަތިވަމުން ދާއިރު، ދައުލަތުގެ ފައިސާއިން ބޭކާރު ޚަރަދުކުރުމާއި ނާޖާއިޒު ފައިދާ ނެގުމުގެ ޢަމަލު ހިންގާނީ، ރައީސުލްޖުމްހޫރިއްޔާ ބަދުނާމުކުރުމަށާއި، ފައިނޭންސް މިނިސްޓަރަށް އިލްޒާމު އެޅުވުމުގެ ނިޔަތުގައި ކަމަށް ޤަބޫލުކުރެވިދާނެ ކަމަށެވެ.



ފޮޓޯތަކުން ފެންނަ ހެލްތު މިނިސްޓްރީގެ ކޮންފަރެންސް ރޫމަށް ނަންދީފައިވަނީ "މޫމިނާ ޙަލީމް މާލަމް"ގެ ނަމުންނެވެ. އެއީ ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ހެލްތު މިނިސްޓަރަށް ނިސްބަތްކުރައްވައެވެ. މިކޮންފަރެންސް ރޫމް ހެދުމުގެ ބޭނުމަކީ ހެލްތު މިނިސްޓްރީއަކީ ގިނަ އިވެންޓްތަކެއް ބާއްވާ ތަނަކަށްވެފައި، އެފަދަ އިވެންޓްތައް އެމިނިސްޓްރީން ބޭއްވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭތީ، އެޚަރަދުތައް ކުޑަކުރުމުގެ ބޭނުމުގައެވެ.

އެތަން ކުއްޔަށް ދޫކޮށްގެން ލިބޭ ފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ ޢާންމު ސިއްޙަތުގެ ދާއިރާއިން މަސައްކަތްކުރުމަށް ކަމަށާ، އެފައިސާ ހެލްތު ފަންޑަށް ޖަމާކުރުމަށް ނިންމާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން