ރ. އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އަދި މަސައްކަތް ފައްޓަވައިދެއްވީ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ވަޒީރު އާދަމް ޝަރީފް ޢުމަރު އެވެ.
މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންޓްރެކްޓް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން 3.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމު ކުރުމުގެ އިތުރުން މަގުތަކުގައި މަގު ބައްތި ޖެހުން ހިމެނޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިމަޝްރޫޢު އަކީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް، މިދިޔަ އަހަރުގެ އޭޕްރީލްމަހު ކޮންޓްރެކްޓް ކުރެވުނު މަޝްރޫޢުއެކެވެ.
މިނިސްޓްރީން ބުނީ މިމަޝްޜޫޢުގެ އަގަކީ ނުވަދިހަ މިލިއަން ނުވަލައްކަ ފަންސާސް ހާސް އެއްސަތޭކަ ބާރަ ރުފިޔާ ކަމަށެވެ.

ރ. އަލިފުށީގައި މިއަދު ބޭއްވުނު ރަސްމިއްޔާތުގައި އަލިފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި އެވެ. pic.twitter.com/Un9KlBoJmS
— Ministry of Construction and Infrastructure (@MoCImv) April 15, 2024
މިމަޝްރޫޢު އަކީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް، މިދިޔަ އަހަރުގެ އޭޕްރީލްމަހު ކޮންޓްރެކްޓް ކުރެވުނު މަޝްރޫޢުއެކެވެ.
މިނިސްޓްރީން ބުނީ މިމަޝްޜޫޢުގެ އަގަކީ ނުވަދިހަ މިލިއަން ނުވަލައްކަ ފަންސާސް ހާސް އެއްސަތޭކަ ބާރަ ރުފިޔާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު