އިންތިޚާބުތަކުގައި ވާދަކުރަށްވާ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.

އީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި އެގޮތަށް އެންޓި ކެމްޕެއިން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓި ކެމްޕެއިންގެ އަމަލުތައް ހިންގާ ކަމަށާއި، އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކާއި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާ ކަމަށެވެ.

"އިންތިހާބުތަކާބެހޭ އާންމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަން." އީސީގެ ބަޔާނުގައިވެއެވެ.



އީސީން މީގެ ކުރިންވެސް ވަނީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިންގައި ވާދަވެރި ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތަކަށް ރައްކާތެރިވުމަށް އިލްތިމާސް ކޮށްފައެވެ.

އީސީން މިފަދަ އިލްތިމާސެއް ކޮށްފައިވާއިރު މަޖިލީސް އިންތިޚާބު މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން