އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އީސީން މިއަދު ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ޤައުމީ ލަފާދޭ ކޮމިޓީގެ ލަފަޔާ އެއްގޮތަށް މަޖިލީސް އިންތިޚާބުގެ ވޯޓުލާ ވަގުތު 8:00 އިން 5:30 އާ ހަމައަށް އިތުރުކުރުމަށެވެ. އެގޮތަށް ނިންމީ ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން ވޯޓު ގުނަން ފަށާނީ އިރުއޮއްސި 6:00 ގައެވެ.
އިއްޔެ ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ ވޯޓުލާ ދުވަހު ވޯޓުލާ ގަޑިއަަށް އިތުރު ބަދަލެއް ގެނައުމުގެ ބަދަލުގައި މިހާރު އެކަމަށް ބަދަލެއް ގެނައުމާމެދު ޤައުމީ ލަފާދޭ ކޮމިޓީން ގޮތެއް ނިންމަވައިދެއްވުން އެދޭ ކަމަށެވެ.
އެގޮތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ގިނަ ފަރާތްތަކުން ވަނީ ވޯޓުލާ ވަގުތަށް އެއްގަޑިއިރު އިތުރު ކުރުމަށް ތާޢީދު ކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
އީސީން ކުރިން ނިންމާފައި އޮތީ މަޖިލީސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށް އީސީން ވަނީ ބުނެފައެވެ.
މަޖިލީސް އިންތިޚާބާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިއަދު ފަތިހު ވަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ވެސް ފޮނުވަން ފަށައިފައެވެ. އެގޮތުން، ށ، ނ، ރ، ބ، އަދި ޅ އަތޮޅަށް ބޭނުންވާ ތަކެތި މިއަދު ވަނީ ފޮނުވާފައެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް މުޅި އެކު 608 ވޯޓު ފޮށި ބަހައްޓާނެ އެވެ. ރާއްޖެއިން ބޭރުން ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ މުޅިއެކު ހަ ގައުމެއްގަ އެވެ. މިއިން ކޮންމެ ގައުމެއްގައި ވެސް ބަހައްޓާނީ އެއް ފޮއްޓެވެ.
މަޖިލީސް އިންތިހާބުގައި 93 ދާއިރާއަށް 368 ކެންޑިޑޭޓަކު ވާދަކުރާއިރު ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނައިން ކެންޑިޑޭޓުން ނެރެނީ އިދިކޮޅު އެމްޑީޕީންނެވެ. އެމްޑީޕީގެ ޓިކެޓުގައި 90 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރާއިރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި 89 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު