ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ސިޔާސީ މަގުސަދުގައި ވަޒީފާތަކުން މީހުން ވަކިކުރުމަކީ ކުށަކަށް ހަދާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ އެ ޕާޓީގެ ކެމްޕޭނުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އާރުޑީސީގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ވާހަކަ އާއްމު މީހަކު ހިއްސާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒު ވިދާޅުވީ، އެމްޑީޕީން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނީ ބިރުފަހަނައަޅާ ގޮސްގެނެވެ. އަދި އެމްޑީޕީގެ މެންބަރުންނަކީ ދައްކާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައި ނުގަންނަވާތީ ހިތާމަކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ކުންފުނިތަކުގައި ތިބި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަން ފާހަގަ ކުރައްވާ ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ ސިޔާސީ މަގްސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައިވާފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް ކަށަވަރުކޮށްދޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން އެންމެ ބޮޑަށް ދައްކަމުންދާ އެއްވާހަކައަކީ މި ސަރުކާރުން މުވައްޒަފުންނަށް ބިރު ދައްކާކަމުގެ ވާހަކައާއި ކުންފުނިތަކުގެ މަގާމުތަކުން މުވައްޒަފުން ވަކިކުރަމުންދާކަމުގެ ވާހަކައެވެ. އެއާއެކު އެމްޑީޕީންވަނީ އެފަދައިން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދޭން ހަމަޖެހިފައިވާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު