ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން މުހައްމަދު ނާޝިޒަށް ވެސް މި ފަހަރުގެ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފި އެވެ.

މި ފަހަރުގެ އިންތިހާބުގައި ނާޝިޒަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވީ އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި އަލީ އަޝްރަގުއާ ވާދަ ކުރައްވައިގެން ނެވެ.

އަޝްރަގު އިންތިހާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުން ނެވެ.

އެގޮތުން އަޝްރަގަށް 557 ވޯޓު ލިިބިވަޑައިގެންނެވި އިރު ނާޝިޒުއަށް ލިބިވަޑައިގެންނެވީ 228 ވޯޓެވެ.

ނާޝިޒް ވަނީ ނިމިގެން ދިޔަ ދައުރުގައި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވައިފަ އެވެ.

މި ފަހަރުގެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީގައި ރޮޒައިނާވެސް ވާދަ ކުރެއްވި އެވެ. ނަމަވެސް ޕްރައިމަރީގައި ނާކާމިޔާބުވުމުން މަޖީލިހަށް ކުރިމައްޗެއް ނުލައްވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން