ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ 2 އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވައިފިއެވެ.
މިއަދު ފުރަތަމަ ކިޔުން އިއްވާފައިވާ ދެ އިސްލާހަކީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ރައްޔިތުންގެ ވޯޓުން މަޖިލީހުގެ މެންބަރުން ވަކިކުރުމަށް ރިކޯލް ވޯޓު ނެގުމަށް ޤާނޫނުއަސާސީ އިސްލާޙު ކުރަން ހުށައެޅި އިސްލާޙާއި އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 33 އިންސައްތަ އަންހެނުނަށް ޚާއްސަ ކުރުމަށް ހުށައެޅި އިސްލާހެކެވެ.
ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ހުށައެޅުއްވި އިސްލާޙުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެންބަރުކަމުން ވަކިވާނެ ފަސް ހާލަތެއް ކަނޑައަޅާފައެވެ.
އެގޮތުން ޙަސަން ހުށައެޅުއްވި ފުރަތަމަ ޙާލަތަކީ މެންބަރަކު އިންތިހާބުވި ޕާޓީން އަމިއްލަ އިސްނެގުމުގެ މަތިން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމެވެ. އަދި ދެވަނަ ޙާލަތަކީ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުމެވެ.
ތިންވަނަ ޙާލަތެއްގެ ގޮތުގައި ޙަސަނުގެ އިސްލާޙުގައިވަނީ ޕާޓީގެ ނިންމުމަކާ ހިލާފަށް މަޖިލީހުގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް މެންބަރަކު ޕާޓީން ވަކިކުރުމެވެ.
ހަތަރުވަނަ ޙާލަތަކީ މަޖިލީހުގައި ދޭ ވޯޓަކާ ގުޅިގެން ނޫން ހާލަތެއްގައި ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ، އޭނާ އިންތިހާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ މެންބަރުކަމުން ވަކި ކުރަން ނިންމުމެވެ.
އަދި ފަސްވަނަ ޙާލަތަކީ މެންބަރަކު ވަކިކުރަން ދާއިރާގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅާ ހާލަތުގައި، ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކިކުރަން ނިންމުމެވެ.
ޙަސަން މިފަދަ އިސްލާޙެއް ޤާނޫނު އަސާސީއަށް ހުށައަޅުއްވާފައިވާއިރު ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ މަގާމު ގެއްލޭނެ ހާލަތްތަކެވެ. ނަމަވެސް ރައްޔިތުން ބޭނުންވެގެން މެންބަރުން މަޤާމުން ވަކިކުރެވޭނެގޮތެއް ޤާނޫނު އަސާސީގައި ކަނޑައަޅާފައެއް ނުވެއެވެ.
ޤާނޫނު އަސާސީގައި މިހާރު މެންބަރުކަން ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވަނީ ސާބިތު ދަރަންޏެއް އޮވެ ގަވައިދުން ދަރަނި ދައްކަމުން ނުދިޔުމާއި 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބު ސާބިތުވުމެވެ.
ރިކޯލް ވޯޓު ނެގޭނެ ގޮތް ޤާނޫނުއަސާސީގައި ހިމެނުމަށް ޑިމޮކްރެޓުން ހުށައަޅާފައިވާއިރު ޕާޓީ ބަދަލު ކުރުމުން އިންތިޚާބީ މަޤާމުތައް ގެއްލޭ "އެންޓި-ޑިފެކްޝަން ޤާނޫނު" 19 ވަނަ މަޖިލީހުން ފާސްކުރުމުން ރައީސް މުޢިއްޒު ވަނީ އެ ޤާނޫނު ތަޞްދީޤު ކުރަށްވާފައެވެ.
ރޮޒައިނާ ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ 33 އިންސައްތަ ހާއްސަކުރަންވާނީ އަންހެނުންނަށް ކަމަށެވެ. އަދި އަންހެން މެންބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ގުރުލައިގެން ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.
މަޖިލީހުގެ މިދައުރު މޭ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި މިދައުރުގެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށާއި އެހާތަނަށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު