ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މަޤާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

ސަމާހުގެ ސަސްޕެންޝަން އުވާލައި އެކަން އޭނާއަށް އެންގީ އިއްޔެއެވެ. އޭގެ އިތުރުން މިފްކޯގެ ހިންގުން ވަގުތީގޮތުން ޙަވާލުކުރި ކޮމިޓީވެސް އިއްޔެ ވަނީ އުވާލާފައެވެ.

“މިފްކޯގެ ހިންގުމާ ގުޅޭ އެންމެހާ ކަންކަން މިފްކޯ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޕީސީބީން ވަނީ ސީއީއޯ އަށް އިރުޝާދު ދެއްވާފައި.” މިފްކޯއިން މީޑިއާތަކަށް ޙިއްސާކުރި މެސެޖުގައި ވެއެވެ.

ސަމާހު ސަސްޕެންކޮށް ޕީސީބީން ނެރުނު ބަޔާނެއްގައި ބުނީ ސަމާހުއާ ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ހިންގުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވާ ކަމަށެވެ.

“ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައިވާ ޙާލަތަށް ރިޢާޔަތްކޮށް.” ޕީސީބީގެ ބަޔާނުގައި ވެއެވެ.

ޕީސީބީން ސަމާހަށް ފެބްރުއަރީ މަހުގެ 29 ގައި ފޮނުވި ސިޓީގައި ވެސް ވަނީ އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން