ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން
ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މީގެ ކުރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 61 އަހަރުގެ މީހަކު ހައްޔަރު ކޮށްފިއެވެ.

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ކުރިކަމުގެ މައްސަލަ އެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ އާއިލާ މީހެއްގެ މައްޗަށެވެ.

ފުލުހުން މިއަދު ބުނީ، ދެކުނުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ އެއްގައި 61 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.

މި މައްސަލަ ހިނގި ރަށުގައި އާންމުންގެ ބަޔަކު ވަނީ އެރަށުގެ ފުލުސް އޮފީސް ކައިރިއަށް އެއްވެ އިހުތިޖާޖުކޮށް، ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކުރުމަށްވެސް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން