ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ހަމްދާން ޝަކީލް (ކ)
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ހަމްދާން ޝަކީލް (ކ)
ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ 4000 ހައުސިން ޔުނިޓްގެ މަސައްކަތް އަވަހަށް ނިންމުމަށް ފިޔަވަޅުތައް ވަނީ އަޅާފައިކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.

ހަމްދާން މިމޭރުމުން ވިދާޅުވީ އެފް.ޑީ.ސީގެ އައު ލޯގޯ އިފްތިތާހުކުރުމަށް ރޭ ކްރޮސްރޯޑްސްގައި ބޭއްވި ޙަފުލާގައެވެ. އެ ޙަފަލާގައި ވާހަކަ ދައްކަވަމުން ހަމްދާން ވިދާޅުވީ އެ ކުންފުނީގެ އެންމެ މުހިންމު އަމާޒަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތައް ހަލުވި ސްޕީޑްގައި ކުރިއަށް ގެންދިއުން ކަމަށެވެ.

އެގޮތުން ހުޅުމާޅޭގައި މިހާރު މަސައްކަތް ކުރަމުންދާ 4000 ހައުސިންގ ޔުނިޓްގެ މާސްޓަރ ކޮންސްޓްރަކްޝަން ޝެޑިއުލް މުރާޖާކޮށް، ބާރު ދުވެލީގައި 22 ހައުސިން ޓަވަރުގެ މަސައްކަތް ނިންމުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް ވަނީ އަޅާފައި ކަމަށް ހަމްދާން ވިދާޅުވިއެވެ.

ހަމައެއާއެކު ފާއިތުވީ 5 މަސްދުވަހުގެ ތެރޭގައި 22 ހައުސިންގ ޓަވަރުގެ 196 ސްލެބެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް ހަމްދާން ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ހަމްދާން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެންމެ ބޮޑު ރައުސުލްމާލަކީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުންގެ ކުރިއެރުމަށާއި، މަސައްކަތުގެ މާހައުލަކީ އުފާވެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.

ހަމްދާން މީގެކުރިން ވިދާޅުވެފައިވަނީ އެކުންފުނީގެ ޓާގެޓަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ ޓަވަރެއްގެ މަސައްކަތް ނިންމާލުން ކަމަށެވެ. އަދި ޓައިމްލައިންގައި ޓަވަރުތައް ނިންމުމަށް 2025ގެ މާރޗް އޮތް ނަމަވެސް މަސައްކަތަށް މަޑުޖެހުމެއް ގެނައުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށްވެސް ޙަމްދާން ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިއަން ޑޮލަރުުން ޢިމާރާތް ކުރަމުންދާ 32 ޓަވަރުގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ޢިމާރާތް ކުރަމުންދަނީ އިންޑިއާގެ ޖޭއެމްސީންނެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު އިމާރާތް ކުރަމުންދަނީ އިންޑިއާގެ އެންބީސީސީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން