މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތަކުގައި މިއަދުގެ 13:00 އާ ހަމައަށް ވޯޓުލާފައިވަނީ 32 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އީސީން ބުނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި، ހއ. އުތީމު، ނ. ލަންދޫ އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު ކަމަށާއި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ކުރިއަށްގެންދާ ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށެވެ.
މި އިންތިޚާބުގައި މިއަދު 13:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތަކީ 32.31 އިންސައްތަ ކަމަށް އީސީން ވަނީ ބުނެފައެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުގައި ޖުމުލަ 5267 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. ނަމަވެސް މިހާތަނަށް ވޯޓު ލާފައިވަނީ 1702 މީހުންނެވެ.
މި އިންތިހާބުތަކުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި އިންތިހާބުތަކުގައި ވޯޓުލުމަށް ޖުމްލަ 11 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން ތިން ފޮށްޓެއް އިންތިޙާބީ މަރުކަޒުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ދަރުބާރުގޭގައި ހުރިއިރި، ތިން ފޮށްޓެއް ނ. ވެލިދޫގައި ވެސް ވަނީ ބަހައްޓާފައެވެ.
އަދި އުތީމު، ލަންދޫ، ތަކަންދޫ، މަޑުއްވަރީ އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު