މާލެސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް
މާލެ ސިޓީ ހަޑިވާ ޒާތުގެ އެއްވެސްކަމެއް ނުކުރުމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް އިލްތިމާސް ކުރަށްވައިފިއެވެ.

ކުނި ގިނަވެ، ގޮނޑުވެފައި އޮންނަތާ ގިނަ ދުވަސް ވެފައިވާ މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިއަދު ފަށާފައިވާތީ އާޒިމް ވިދާޅުވީ މާލެސިޓީގެ އެއްވެސްތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

އޭގެ އިތުރުން މާލެ ސިޓީ ހަޑިވާ ޒާތުގެ އެއްވެސްކަމެއް ނުކުރުމަށްވެސް އާޒިމް ވަނީ އިލްތިމާސް ކުރަށްވާފައެވެ.

“މިސާލަކަށް ކުޅުޖެހުން، ޓިޝޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލެއްވުން އެދެން.” އާޒިމް ވިދާޅުވެފައިވެއެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރަނީ މާލޭ ސިޓީ ކައުންސިލާއި، ވެމްކޯ، ހައުސިން މިނިސްޓްރީ، ލޯކަލް ގަވަމަންޓު މިނިސްޓަރީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ފުލުހުން ގުޅިގެންނެވެ.

ސިޓީ ކައުންސިލުން ބުނީ މިހާރު ކުރިއަށްގެންދާ ސާފުކުރުމުގެ މަސައްކަތަށްފަހު ބައެއް ސަރަހައްދުތައް ބަންދު ކުރާނެކަމަށާއި އެއީ، މީހުން ގޮސް އެފަދަ ތަންތަނަށް ޕިކަޕު ވައްދައި ކުނިއަޅާތީ ކަމަށެވެ.

އެގޮތުން އެ ސަރަހައްދުތަކަށް ވަދެ ނުކުތުން ކޮންޓްރޯލް ކުރުމަށް ގޭޓް ތަކެއް ހަރުކުރުމާއި، ފުލުހުންނާ ގުޅިގެން ސެކިއުރިޓީ ބެހެލެއްޓުން ފަދަ ކަންތައް ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން