ފެނަކައިން ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ 16 މަޝްރޫއެއް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރަން މަޝްވަރާ ކޮށްފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްްރަކްޗަރ މިނިސްޓްރީން އިއްޔެ ބުނީ ފެނަކައިން ރަށްރަށުގައި ހިންގަމުންދާ ފެނާއި ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމަށް ފެނަކައާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އަދި އެބައްދަލުވުމަކީ މަޝްރޫއުތައް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދިޔުމާ ގުޅޭގޮތުން ބޭއްވި ޓެކްނިކަލް ބައްދަލުވުމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މަޝްރޫޢޫތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަނީ ޕްރޮޖެކްޓްތައް އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށެވެ.

ފެނަކައިން 16 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އެމްޑަބްލިއުއެސްސީއާ ހަވާލުކުރަން މަޝްވަރާކޮށްފައިވާއިރު، އޭގެ ތެރޭގައި ފަށާފައި ހުރި މަޝްރޫއުތަކާއި މެދުކެނޑިފައި ހުރި މަޝްރޫއުތައްވެސް ހިމެނެއެވެ.

އެ މަޝްރޫއުތައް ފެނަކައާ ހަވާލުކުރީ ރައީސް ޞާލިޙްގެ ސަރުކާރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން