މިއަދު 6 ދާއިރާއެއްގައި ކުރިއަށްދިޔަ ބައި-އިލެކްޝަންގައި މިއަދުގެ 16:00 އާ ހަމައަށް ވޯޓުލާފައިވަނީ 57 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީން ބުނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި، ހއ. އުތީމު، ނ. ލަންދޫ އަދި ނ. ވެލިދޫ ކައުންސިލްގެ މެންބަރު ކަމަށާއި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ކުރިއަށްގެންދާ ބައި-އިލެކްޝަނުގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އިންތިޚާބުގައި މިއަދު 16:00 އާ ހަމައަށް ވޯޓުލާފައިވާ ނިސްބަތަކީ 57.87 އިންސައްތަ ކަމަށް އީސީން ވަނީ ބުނެފައެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި ޖުމުލަ 5267 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. ނަމަވެސް ވޯޓު ލާފައިވަނީ 3048 މީހުންނެވެ.

މި އިންތިޚާބުތަކުގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ޖުމްލަ 11 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން ތިން ފޮށްޓެއް އިންތިޙާބީ މަރުކަޒުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ދަރުބާރުގޭގައި ހުރިއިރި، ތިން ފޮށްޓެއް ނ. ވެލިދޫގައި ވެސް ވަނީ ބަހައްޓާފައެވެ.

އަދި އުތީމު، ލަންދޫ، ތަކަންދޫ، މަޑުއްވަރީ އަދި އިންނަމާދޫގައި ކޮންމެ ރަށެއްގައި އެއް ފޮށި ބަހައްޓާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން