ޑިސްކައުންޓާއެކު އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށައިފިއެވެ.
ފެނަަކައިން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނެހެން ރަމަޟާން މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން އެޕްރީލްމަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޑިސްކައުންޓާއެކު އޭޕްރީލްމަހުގެ ބިލްތައް ކަސްޓަމަރުންނަށް ފޮނުވަން ފަށާފައިވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
"ރަމަޟާން މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރީލް މަހުގެ ބިލުންވެސް ޑިސްކައުންޓް ދިނުމަށް ނިންމާ، އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން މިއަދު ވަނީ ފަށާފައި." ފެނަކައިން މަޢުލޫމާތު ދީފައިވެއެވެ.
ފެނަަކައިން ބުނީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ ކަމަށެވެ. އަދި، ސަރުކާރުގެ ވިސްނުމާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއިގޮތްތައް ހޯދައި ދިނުމަށް ފެނަކައިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަންވެސް އެކުންފުނިން ދީފައި ވެއެވެ.
ފެނަކައިގެ އިތުރުން، ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ވެސް ވަނީ އެޕްރީލް މަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމައި އައު ބިލްތައް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު