އިޒްރޭލު ސިފައިން ރަފަހަށް އެރުން ހުއްޓާލުމަށް ގޮވާލާ މަޖިލިހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށައަޅުއްވާފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.
މި މައްސަލަ ހުށައަޅުއްވަމުން މެންބަރު ސަލީމް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިތުރުވެފައިވާ ކަމަށެވެ. އަދި އިޒްރޭލުން ދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް މިލިއަން ބައެއްގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުންކަމަށް ސަލީމް ވިދާޅުވިއެވެ.
އެގޮތުން އިޒްރޭލު ސިފައިން ގާޒާ ސިޓީގެ ދެކުނުގައި އޮންނަ ރަފަހަށް އަރަން ތައްޔާރުވަމުންދާ ދިއުމަކީ އެކަމުގައި އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި ރަފަހުގައި ނިކަމެތި ހާލުގައި އުޅެމުންދާ އެތައް ހާސް ފަލަސްތީން ރައްޔިތުންނެއް އިންތިހާއަށް ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ކަމެއް ކަމަށް ސަލީމްގެ މައްސަލާގައިވެއެވެ.
“އިޒްރޭލުން ހިންގަން މިއުޅޭ ޖަރީމާއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް އިޒްރޭލު ސިފައިން ރަފަހަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ދިވެހި ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ އަޅުގަނޑު ހުށަހަޅަން.” ސަލީމް ވިދާޅުވިއެވެ.
މި މައްސަލާގައި ބަހުސްކުރެއްވި މަޖިލީހުގެ މެންބަރުން ވަނީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ފަލަސްތީނު މައްސަލާގައި ރާއްޖޭން ބައިނަލްއަގުވާމީ މައިދާނުގައި މިހާރަށްވުރެ އަޑުހަރުކޮށް ވަކާލާތު ކުރުމަށް މެންބަރުން ގޮވާލައްވާފައިވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 22 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު