ޢުމްރާގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، އެ ފުރުސަތު މި މަހު 16 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ 5 ވަނަ މާއްދާގައި ބުނާ ޝަރުތުތަށް ހަމަވާ ކުންފުނިތަކަށް ޕްރޮޕޯސަލްއަށް ހުށަހެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޢުމްރާއަށް މީހުން ގެންދިޔުމަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯޒަލް ފޮތް އެ މިނިސްޓްރީގެ ވެބްސައިޓްއިން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ގެ ނިޔަލަށް ކަމަށެވެ.
އެގޮތުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00އިން 12:00 އަށް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯޒަލްތައް ބަލައިގަންނާނެ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު