ޓެކްސް ކޮމިޝަނަރަކަށް ކުރިން ޑެޕިއުޓީ ޓެކްސް ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރަށް ރުހުން ދޭން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި، ފަތުހުﷲ ޖަމީލު ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޓެކްސް ކޮމިޝަނަރުކަމަށް ޢައްޔަނު ކުރުމަށް ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ ކުރީގެ ކޮމިޝަނަރު ޔަޒީދު މުހައްމަދާއި ކުރިން ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރެވެ.
ދެ ބޭފުޅުންނާވެސް މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިއަދު އިންޓަވިއު ކޮށްފައިވާއިރު ކޮމިޓީން ނެގި ވޯޓުގައި ޔަޒީދަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެމްބަރުންނެވެ.
ޒަރީރަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މީރާގެ އިސް މަޤާމުތަކުގައި ތިއްބެވި މި ދެބޭފުޅުންގެ މަގާމު ގެއްލިފައި ވަނީ ސެޕްޓެމްބަރު 3، 2019 ގައި ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެނެވެ.

ކިޔުންތެރިންގެ ހިޔާލު