ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލަން ޖެހިއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 ގައެވެ. ނަމަވެސް، އެ ގަޑީގައި ކޯރަމް ހަމަނުވެގެން ފެށޭ ގޮތެއް ނުވެގެން ޖަލްސާ ވަނީ ހެނދުނު 10:00 އަށް އަދި އެއަށްފަހު 11:00 އަށް ފަސްކޮށްފަ އެވެ.
ނަމަވެސް 11:00 ގައި ޖަލްސާއަށް ޙާޟިރުވެ ވަޑައިގެން ތިއްބެވީ 10 މެންބަރުން ކަމަށް ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވިއެވެ.
"މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް އަޅުގަނޑަށް ބެލިއްޖެ. ކޯރަމް ރަނގަބީލް 11 ގެ ފަހުން ވެސް ޖަހައި ފަސް މިނެޓު ވެސް މިހާރު ހަމަވީ. އެހެންކަމުން އަޅުގަނޑު ގަސްތުކުރަނީ މިއަދުގެ ޖަލްސާ މިހާ ހިސާބުން ނިންމާލަން،" އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު، މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ. އެގޮތުން މެމްބަރުން ވަޒީރުންނާ ކުރައްވަން ހުށަހަޅާފައި އޮތް 21 ސުވާލެއްގެ ޖަވާބު ނުލިބި އޮތްއިރު، މަޖިލީހަށް ހުށަހަޅާފައިވާ 322 ޝަކުވާގެ ސިޓީއަކަށް ވެސް ޖަވާބު ނުދެވި އެބައޮތެވެ.
ގާނޫނުއަސާސީ ބުނާގޮތުން 87 މެންބަރުން ތިބޭ މި 19 ވަނަ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން 22 މެންބަރުން މަދުވެގެން ހާޒިރުވާންޖެހެއެވެ. އެ އަދަދު ހަމަނުވާނަމަ، ޖަލްސާ ކުރިއަކަށް ނުގެންދެވޭނެއެވެ.
19 ވަނަ މަޖިލީހުގެ ފަހު ޖަލްސާ ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. އަދި ވިހި ވަނަ މަޖިލީހުގެ ދައުރު ފެށޭނީ މި މަހު 28 ގައި މެމްބަރުން މަޤާމުގެ ގާނޫނީ ހުވާ ކުރެއްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު