ހަފްތާ ބަންދުގައި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ އުފާ ފެސްޓިވަލްގައި ފެނަކައިން ބައިވެރިވާނެކަމަށް ބުނެފިއެވެ.

އުފާ ފެސްޓިވަލް 2024 ނަމުގައި އެޗް.ޑީ.ސީ އިން ބާއްވާ މި ކުޑަކުދިންގެ ހަވީރަކީ ހުޅުމާލޭގައި މީހުން އާބާދުވިތާ 20 އަހަރު ފުރުން ފާހަގަކުރުމުގެ އިތުރުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަރަކާތެކެވެ.

މި ހަރަކާތަކީ އެޗްޑީސީ އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމަށް ހަމަޖިފައިވަނީ ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެންނެވެ.



ހަަފްތާ ބަންދާ ދިމާކޮށް ހުޅުމާލޭގައި ދެ ދުވަހެއްގެ މައްޗަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ފެނަކައިން ބައިވެރިވާން ހަމަޖެހިފައިވަނީ މެއި 10 ވަނަ ދުވަހު (ހުކުރު ދުވަހު)ގެ ހަވީރު 4:00 ން 6:00 އަށް އަދި ރޭގަނޑު 8:00 ން 10:00 ކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން