ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފިއެވެ.
ޚާރިޖީ ވުޒާރާއިން ބުނީ މިނިސްޓަރު ޒަމީރުގެ މިދަތުރުފުޅަކީ މިމަހުގެ 11 އިން 13 އަށް ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
މިދަތުރުފުޅުގައި މިނިސްޓަރު ޒަމީރު ވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ދެ ބޭފުޅުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިނިސްޓަރ ޒަމީރާ އެކު މި ދަތުރުފުޅުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި އެމްބެސެޑާ އެޓް ލާޖް އަދި ރާއްޖެ އިން ޗައިނާ އަށް ކަނޑައެޅި އާ ސަފީރު ޑރ. ފަޒީލް ނަޖީބުގެ އިތުރުން ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ލަމްހާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެ އާއި ގަތަރުން ސިޔާސީ ގުޅުން ގާއިމްކުރިތާ މިއަހަރު 40 އަހަރު ފުރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު