ބަނޑޭރި ކޮށީގެ އެޕާރޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށް ލާފައި ހުއްޓާ ދާދި ފަހުން މާފުދިން މީހެއް ކަން "ރަސް"އަށް އެނގިއްޖެ އެވެ.
"ރަސް"އަށް މައުލޫމާތު ދިން ހޯނޑެއްދޫގެ މީހަކު ބުނީ މަރުވެފައި އޮއްވާ ފެނުނު ހައްމާދު ސައީދު، 30، އަކީ ވަރަށް ކުރިއްސުރެވެސް މާލޭގައި އުޅެމުން ދިޔަ މީހެއް ކަމަށެވެ.
އަދި އޭނާ ވަރަށް ޒުވާންއިރު މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށް ލި ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
"އޭނާއަކީ ހަމަ ރަނގަޅު ލިބޭ، އާއިލާއެއްގެ ކުއްޖެއް. މާލޭގެ ގެއެއްގައި އުޅެމުން ދިޔައީ ކުރިން. ބަނޑޭރިކޮށީން ފެނުނީ ކީއްވެގެން ކަމެއް ނޭނގޭ." މައުލޫމާތު ދިން މީހާ ބުންޏެވެ.
ހައްމާދު 25 އަހަރަށް ޖަލަށް ލާފައި ހުއްޓާ މާފު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ކައިރިވެފައި އޮއްވަ އެވެ.
ހައްމާދު ފެނުނީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއް ބަލާ ފާސްކުރުމުގެ ތެރޭގައެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފަ އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިފާން ރޭ ވިދާޅުވީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް މިހާރު ފުލުހުން ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމާގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.
ފާހަގަ ކޮށްލެވޭގޮތުގައި އާންމު ގޮތެއްގައި އޮޓޮޕްސީއެއް ހަދަނީ ފުލުހުންނަށް އެ މީހާގެ ހަށިގަނޑުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު