ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 ބިދޭސީއަކު ޑީޕޯޓުކުރަން ނިންމާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން މެދުނުކެނޑި މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ އިދާރާއިން މިހެން ބުނެފައިވާއިރު ބިދޭސީން ރާއްޖޭގައި ކުރާ ކުށްތައް މަދު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދިވެހި ރައްޔިތެއްގެ ބޮޑު ހައްގަކަށް އަރައި ނުގަނެ، ކުދި ކުށްތަކަށް އަރިގަންނަ މީހުން 48 ގަޑިއިރުތެރޭ ރާއްޖެއިން ފުރުވާލުމަށް މަސައްކަތް ކުރަށްވާކަމަށް ދާޚިލީ ސަލާމަތާބެހޭ ވަޒީރު އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ވޭތުވެދިޔަ 6 މަސްދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަވައްޓެރި ފުލުހުންގެ ހިދުމަތުގެ ތެރެއިން 905 ހަރަކާތް މިދިޔަ ހަމަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ހިންގައި، ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައި ވާއިރު އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު